ENGLISH

28 އޮކްޓޯބަރު 2025

Advertisement

އެއާޕޯޓުން ފައިސާ ފޭރުނު މައްސަލަ؛ ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

28 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ފޭރުމުގެ ތުހުމަތު އޮތް މީހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ މުވައްޒަފުންތަކެއް އަތުން ފައިސާތަކެއް ފޭރިގަތުމަށް ފަހު، ފިލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

އެއާޕޯޓުގެ އާ ޓާމިނަލަށްދާ ވޯކްވޭއިން ފައިސާތަކެއް ފޭރިގަތް މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ އިއްޔެގެ ފަތިހު 4:45 ހާއިރެވެ. 

ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތަށް ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ފިލަން މަސައްކަތްކުރި ލޯންޗު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މިއަދު ވަނީ އެ ހަތަރު މީހުންގެ ފޮޓޯއާ ވަނަވަރު އާންމުކޮށްފަ އެވެ. ފުލުހުން ބުނީ ފޭރުމުގެ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) ކަމަށެވެ.

އަދު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފޭރުމުގެ މި އަމަލާއި ގުޅިގެން ފުލުހުންގެ އަވަސް ތަހުގީގާއި ތުހުމަތުވާ މީހުން ހައްޔަރުކޮށް ފުލުހުން އަމަލުކުރި ގޮތަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވަނީ ތަޢުރީފު ކުރައްވާފަ އެވެ.

ފޭރުނު ފައިސާތަކުގެ އަދަދު ގާތްގަނޑަކަށް 130،000 ޑޮލަރަށް އަރާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދައްކައިގެން ފައިސާތައް ފޭރިގަތުމަށްފަހު އެމީހުން އެ ފައިސާތައް އެރުވީ ލޯންޗަކަށެވެ. 

ކިޔުންތެރިންގެ ހިޔާލު