ENGLISH

27 އޮކްޓޯބަރު 2025

Advertisement

އަމާން އުދަރެސްގެ އިތުރު ތިން ޓަވަރަކަށް ކަރަންޓު ދީފި. ފްލެޓްތައް ހަވާލުކުރަނީ

27 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

އެފްޑީސީން އަޅާފައިވާ ޓަވަރުތައް --

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" ފްލެޓްތަކުގެ ތެރެއިން އިތުރު ތިން ޓަވަރަކަށް ކަރަންޓް ދީފައިވާ ކަމަށާ އެތަންތަން ހަވާލުކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް އެފްޑީސީން ބުނެފި އެވެ.

އެފްޑީސީން ބުނީ އަމާން އުދަރެސްގެ 11، 12 އަދި 13 ވަނަ ޓަވަރަށް އިއްޔެ ކަރަންޓުގެ ފޯރުކޮށްދީ ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ތިން ޓަވަރަށް ފެނުގެ ޚިދުމަތްދީ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެތަންތަން ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 16 ޓަވަރެއްގައި 2,304 ފްލެޓް އިމާރާތްކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ތަރައްޤީކޮށްފައިވާ ބޯހިޔާވަހިކަމުގެ މުހިއްމު މަޝްރޫޢެކެވެ. އެފްޑީސީން ވަނީ ބައެއް ޔުނިޓްތައް ހައްޤުވެރީންނާއި ހަވާލުކޮށްފަ އެވެ.

މި ސްކީމްގައި ސަރުކާރުން ވަނީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފަ އެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު