ENGLISH

27 އޮކްޓޯބަރު 2025

Advertisement

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ޝުޢައިބު ޢައްޔަންކުރައްވައިފި

27 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ. އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާގުޅިގެންނެވެ.

ޤާނޫނު ނަންބަރު 27/2015، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ޤާނުނުގެ 12ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަސް މެންބަރުން: 

  • އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން،
  • އަލްއުސްތާޛު ޝިފާޒު ޢަލީ،
  • ޢަލީ މުޙައްމަދުމަނިކު،
  • ފާޠިމަތު ޝަރީފް
  • މަރިޔަމް އިންޝާ ފައިސަލް
ކިޔުންތެރިންގެ ހިޔާލު