ENGLISH

27 އޮކްޓޯބަރު 2025

Advertisement

ޖޭއެސްސީއަށް ހުސްނީމުބާރިކު ހަމަޖައްސަވަން ފާސްކޮށްފި

27 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކް ހަމަޖައްސަވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މި ނިންމުން ނިންމީ ކުރީން އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރިޒާގެ އިސްތިއުފާ މަޖިލީހަށް އެންގެވުމުން މިއަދު އޮތް ޖަލްސާގައި ވަނީ ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރެއް ހަމަޖެެއްސުމާއި ގުޅޭގޮތުން ގޮތް ނިންމާފަ އެވެ.

އެކަމަށް ހުޅުވާލުމުން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކްގެ ނަން ހުށައަޅުއްވާފަ އެވެ. އިތުރު ހުށައެޅުއްވުމެއް ނުލިބެ އެވެ.

އެހެން ކަމުން ހުސްނީގެ ނަމަށް ވަނީ ވޯޓަށް އަހާފަ އެވެ. ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި ހުސްނީ ހަމަޖައްސަވަން އެވަގުތު ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުން ވޯޓް ދެއްވި އެވެ.

އެހެން ކަމުން ރިޔާސަތުން ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޖޭއެސްސީއަށް މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރިކްގެ ނަން ފާސްވެއްޖެ ކަމަށް އިޢުލާނު ކޮށްފަ އެވެ.

ހުސްނީމުބާރަކީ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤައްރިރުވެސް މެ އެވެ.

ކިޔުންތެރިންގެ ހިޔާލު