ENGLISH
03 ފެބްރުއަރީ 2026
ފިނޭ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރަށް ކުރިއަށް
27 އޮކްޓޯބަރު 2025
|
ފިނޭ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ފިނޭގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ޕޮލިސް ޕޯސްޓްގެ މަތީ ބެރި އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށެވެ.
ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މި އަހަރު އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޚާއްސަ ރަސްމިޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.