ENGLISH

03 ފެބްރުއަރީ 2026

Advertisement

އޮޅުވެލިފުށީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމާއި ފުޓްސަލް ދަނޑުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

އޮޅުވެލިފުށީ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުން، ފޮޓޯ: ރައީސް އޮފީސް

ޅ.އޮޅުވެލިފުށީގައި ބިން ހިއްކުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އޮޑި އެހެލާނެ ސަރަހަައްދެއް ތަރައްގީކުރުމާއި، އެ ރަށުގައި އަލަށް ގާއިމުކުރާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މި ދެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. 

އޮޅުވެލިފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުންޏާއެކު ގާއިމުކުރި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ. 

މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމުގެ އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމާއި، އެ ރަށުގައި އޮޑިފަހަރު އެހެލާނެ ސަރަހައްދެއް ތަރައްގީކުރުންވެސް ހިމެނެއެވެ. 

އޭގެ އިތުރަށްް އެ ރަށުގައި އަލަށް ގާއިމުކުރާ ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮކްސީ ގްރޫޕާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. 

ކިޔުންތެރިންގެ ހިޔާލު