ENGLISH
03 ފެބްރުއަރީ 2026
ފޯކައިދޫގައި އަލަށް އިމާރާތްކުރާ އިސްލާމީ މަރުކަޒު އެޅުމަށް ކުރީގެ މިސްކިތް ތަޅާލަނީ
27 އޮކްޓޯބަރު 2025
|
ފޯކައިދޫ ކުރީގެ މިސްކިތް ތަޅާލުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. ފޯކައިދޫގައި އަލަށް އިމާރަތްކުރާ އިސްލާމީ މަޒުކަޒު އެޅުމަށް، ކުރީގައި ހުރި މިސްކިތް ތަޅާލައި އެ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ފޯކައިދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ،ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި އެރަށަށް ވަޑައިގެން މި މަހު 14 ވަނަ ދުވަހު އެވެ. އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ (ޑީސީޕީ ރިޓަޔަރޑް) އަޙްމަދު ސަޢުދީ އާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމްގެ އިތުރުން ފޯކައިދޫ ކައުންސިލްގެ ރައީސްއެވެ.
މި މަޝްރޫޢުގައި 700 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 300 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި، ހަތަރު ކްލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބަޔަކާއި، ހިނަވާގެއެއް އެޅުން ހިމެނެއެވެ.
މީގެ އިތުރުން ސޯލާ ހަރުކޮށް، އޭސީ ހަރު ކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ދެ އަަހަރު ދުވަހުން ނިންމާގޮތަށް 25 މިލިއަން ރުފިޔާއަށެވެ.