ENGLISH

03 ފެބްރުއަރީ 2026

Advertisement

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުގެ އާ ޓާމިނަލަށް ވަދެ ފައިސާތަކެއް ފޭރިގެންފި

27 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. ފޮޓޯ: ރައީސް އޮފީސް

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ މުވައްޒަފުންތަކެއް އަތުން ފައިސާތަކެއް ފޭރިގަތުމަށްފަހު ފިލައިފިއެވެ. 

ފުލުހުން މީޑިއާއާ ހިއްސާކުރި މަޢުލޫމާތުގައި ބުނީ، ފައިސާހުރި ބްރީފްކޭސްތައް އަތުލައިގަތް މައްސަލަ ރިޕޯޓްކުރީ ރޭ ފަތިހު 4:45 ހާއިރު ކަމަށެވެ.

އެއީ ކޮން ބޭންކެއްގެ މުވައްޒަފުންތަކެއް ހާމަކޮށްފައި ނުވިނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބްރީފްކޭސްތައް ހިފައިގެން ދިޔައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފުންނެވެ. 

ފުލުހުން ދަނީ މި މައްސަލަ ތަޙްޤީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު