ENGLISH
26 އޮކްޓޯބަރު 2025
ގަރާޖުތައް ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
26 އޮކްޓޯބަރު 2025
|
ގަރާޖުތައް ބަލާ ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުން --
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ ފާސްކުރުމުގައި 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި ކަމާގުޅޭ ޓާސްކްފޯސްއިން އިއްޔެ ހަވީރު ވަނީ ހުޅުމާލެ ފޭސް އެކެއް ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފަ އެވެ.
އެގޮތުން، 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 14 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި އެތައް ހާސް ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފަ އެވެ.
ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން "އަނދިރި" ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ބަނީ ހުއްޓުވިފަ އެވެ.