ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ޙަސަން ކަލާމް އައްޔަންކޮށްފި

17 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ޙަސަން ކަލާމް

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ނޮން އެގްޒެކްޓިވް ޑިރެކްޓަރއެއްގެ ގޮތުގައި ޙަސަން ކަލާމް އައްޔަންކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޙަސަން ކަލާމް އަކީ ފައިނޭންޝަލް ސަރވިސަސް އަދި ބޭންކިންގ އިންޑަސްޓްރީ ގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެ ބޭންކުގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކޮށްދެއްވާފައިވާ ލައިސެންސްޑް ޝަރީޢާ އެޑްވައިޒަރެކެވެ.

ކަލާމް ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކްފައިނޭންސް (އައި.އެން.ސީ. އީ.އައި.އެފް) އިން މާސްޓަރސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް ހާސިލުކުރައްވާފައެވެ. އަދި ކަލާމްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއަރ އެސޯސިއޭޓް މެންބަރެއްވެސްމެ އެވެ.

އެސްޑީއެފްސީގެ ބޯޑުގެ ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް މުޙައްމަދު ޝަރީފް، މ. އިފާއު، މާލެ
  2. އަލްފާޟިލް ބަދުރުއްދީން ޙަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
  3. އަލްފާޟިލާ ފާޠިމަތު ފާރިހަތު ވަޙީދު، ގ. މާވެހި، މާލެ
  4. އަލްއުސްތާޛު ޙަސަން ކަލާމް، ގ. ގުޑް ލައިފް، މާލެ
  5. އަލްފާޟިލާ ފާޠިމަތު ޢަޒްމާ، ނަރސަރީ، މިސްކިތްމަގު، ޏ. ފުވައްމުލައް
  6. އަލްފާޟިލް އަޙްސަލް މުޙައްމަދު، ބަޝީމާގެ، ހއ. ހޯރަފުށި
  7. އަލްފާޟިލާ ފާޠިމަތު ޔަމްނާ، އަލިމަސްވިލާ، ސ. މީދޫ
ކިޔުންތެރިންގެ ހިޔާލު