ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

ވީއެމްސީގެ ލޯކަލް އެމްބެސެޑަރަކަށް އިއްފަ

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މަޝްހޫރު ދިވެހި ފަންނާނު ޙުސައިން އިހްފާލް އަޙްމަދު (އިއްފަ)

ވިޒިޓް މޯލްޑިވްސްއިން ކޯޕަރޭޝަން (ވީއެމްސީ) އިން ކުރިއަށްގެންދާ ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ދަށުން، މަޝްހޫރު ދިވެހި ފަންނާނު ޙުސައިން އިހްފާލް އަޙްމަދު (އިއްފަ) ލޯކަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ ދިވެހިވަންތަކަމާއި، ދިވެހީންގެ ސަޤާފަތާއި، ރާއްޖޭގެ ރީތިކަން، ތަފާތު ދާއިރާތަކުން ފުންނާބުއުސް ދިވެހީން މެދުވެރިވެ ފަތުރުވެރިންނާހަމައަށް ގެނެސްދިނުމެވެ.

އިފްހާލަކީ ތަފާތު މީޑިއަމްތަކުން ދިވެހިރާއްޖޭގެ ރީތިކަމާއި ދިވެހި ވަންތަކަން ކުރެހުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ފަންނާނެކެވެ. ޚާއްސަކޮށް ކަނޑުއަޑީގައި ކުރެހުމުގައި ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ ފަންނާނެކެވެ. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އިފްހާލް ވަނީ ދިވެހި ރާއްޖޭގެ ތިމާވައްޓާއި، ގުދުރަތީ ރީތިކަންދައްކާދޭ އެކި ބާވަތުގެ ކުރެހުންތައް އަމިއްލަ މަޢުރަޒުތަކާއި، ލައިވް އިވެންޓުތަކާއި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދައްކަވާލައްވާފައެވެ.

ދިވެހި ފަތުރުވެރިކަމުގެ ލޯކަލް އެމްބެސަޑަރެއްގެ ގޮތުގައި، ދިވެހި ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅީގެ ތަޖުރިބާތައް ފަތުރުވެރިންނާ ހިއްސާކުރުމަށް އިފްހާލް އިސް ދައުރެއް އަދާކުރާނެ ކަމަށާ އަދި އިފްހާލްގެ ޕްރޮފެޝަނަލް ނެޓްވޯކުތައް މެދުވެރިކުރައްވާ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާނެކަމަށް ވީއެމްސީން ބުންޏެވެ.

ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ މަޤްޞަދުތަކަކީ:

  • ދިވެހިރާއްޖެއަކީ ފަތުރުވެރިން އެންމެ ގަޔާވާ މަންޒިލުގެ ގޮތުގައި ޕްރޮމޯޓުކުރުން.
  • ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މާކެޓްތަކުގައި ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ފެންނަ މިންވަރު އިތުރުކުރުން.
  • ދިވެހިވަންތަކަމާއި ސަޤާފަތް، އުފެއްދުންތެރި، ކުޅަދާނަ ފަންނާނު މެދުވެރިކޮށް ފަތުރުވެރިންނާ ހިއްސާކުރުން.

ވިޒިޓް މޯލްޑިވްސްއިން މި ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން، ރާއްޖޭގައި ފާހަގަކޮށްލެވޭ އެކި ޝަޚްޞިއްޔަތުތައް އައްޔަންކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު