ENGLISH
18 ސެޕްޓެމްބަރު 2025
މޯލްޑިވިއަން އިން ޗައިނާގެ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި
05 ސެޕްޓެމްބަރު 2025
|
މޯލްޑިވިއަން އިން ޗައިނާގެ ތިން ސިޓީ އަށް ހެޔޮ އަގުގައި ދަތުރުކުރެވޭ ޕްރޮމޮޝަނެއް ފަށައިފި އެވެ.
ގައުމީ އެއާލައިން، މޯލްޑިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން އިން ބުނީ އެ ކުންފުނިން ޗައިނާ އަށް ފްލައިޓް އޮޕަރޭޓްކުރާ ތިން ސިޓީ ކަމަށްވާ ވެރިރަށް ބެއިޖިން އާއި ޗެންދޫ އަދި ޝަންހާނީ އަށް ހެޔޮ އަގުގައި ދަތުކުރެވޭ ފެއާ ކުރިއަށް ގެންދާނީ އޮކްޓޯބަރު 18 އިން ނޮވެމްބަރު 15 އަށް ކަމަށެވެ. މި މުއްދަތުގައި ޗައިނާގެ ތިން ސިޓީ އަށް ވެސް ދެކޮޅު ޓިކެޓުގެ އަގަކީ 499 ޑޮލަރެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، ދިވެހިންނަށް ޚާއްސަކޮށް ފެށި ފެއާ އަމާޒުކޮށްފައި ވަނީ ވިޔަފާވެރި ބޭނުންތަކުގައި ދަތުރުކުރާ މީހުންނާއި ޗުއްޓީ އަށް ދާ މީހުންނަށް ކަމަށެވެ.
ޗައިނާގެ ތިން ސިޓީއަށް ވެސް މޯލްޑިވިއަނުން ދަތުރު ކުރަނީ، އެންމެ ފަހުން ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 މަތިންދާބޯޓުގަ އެވެ. މި ބޯޓުގެ ދަތުރުތައް ޗައިނާ އަށް ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.
އެއާބަސް 330 ގައި ޗައިނާ އަށް ދަތުރުތައް ފެށި އިރު ޗެންދޫ، މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 688 ޑޮލަރެވެ. ބެއިޖިން - މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 788 ޑޮލަރެވެ. އަދި ޝެންހާއީ - މާލެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރެވެ.
ތުއިސައްތަ ފަސްދޮޅަސް ހަތަރު މީހުންގެ ޖާގައިގެ މި ބޯޓުން 10 ޓަނުގެ ކާގޯ އުފުލެއެވެ.
ޗައިނާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 263،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.