ENGLISH
26 ނޮވެމްބަރު 2024
އިޒްރޭލުން ލުބުނާނުގެ ވެރިރަށަށް ރޭ ބޮންއަޅައިފި
01 ނޮވެމްބަރު 2024
|
ހުކުރު ދުވަހުގެ ރޭ އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކާއެކު ބެއިރޫތު އަނދަނީ. ފޮޓޯ: ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ލުބުނާނުގެ ވެރިރަށް ކަމަށްވާ ބެއިރޫތަށް ރޭގެ ވަގުތެއްގައި އިޒްރޭލުން ބޮން އަޅައިފިއެވެ.
އަލަޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި އިޒްރޭލުން 10 ފަހަރު ބޮންއަޅާފައިވާއިރު މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ބެއިރޫތުގެ ސަރަހައްދުތަކަށެވެ.
މި ޙަމަލާތަކުގެ ސަބަބުން ގިނަ އިމާރާތްތަކެއް ހަލާކުވެ، އެ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ލުބުނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ހަމަލާތަކުގައި 37 މީހަކު މަރުވެފައިވާ ކަމަށާްއި، 151 މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބުނާނުގެ ހިޒްބުﷲ ނައްތާލަން އިޒްރޭލުން އަމުރުނެރެފައިވުމާ ގުޅިގެން ހިނގައިދިޔަ ހަމަ ނުޖެހުމެއްގައި ލުބުނާނުގެ ސިފައިންގެ ދެމީހަކު ވެސް ވަނީ މަރާލައިފައެވެ.