ENGLISH
03 ސެޕްޓެމްބަރު 2025
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޑެލްތައް ރަސްމީކޮށް ދައްކާލައިފި
02 ސެޕްޓެމްބަރު 2025
|
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ވ) މުބާރާތުގެ މެޑެލްތައް ރަސްމީކޮށް ދައްކާލަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތުގެ މެޑެލްތައް ރަސްމީކޮށް ދައްކާލައިފިއެވެ.
މިއީ ޖޫނިއާ ކުޅުންތެރިންނަށް ޚާއްޞަކޮށް ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.
މި މަހުގެ 1 އިން 6 ގެ ނިޔަލަށް، މާލޭގައި ހުންނަ ކުޅިވަރު އެކުވެނި ބެޑްމިންޓަން އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި 8 ޤައުމަކުން 347 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ.
މުބާރާތުގެ ފަޚުރުވެރި ވަނަތަކަށް ދިނުމަށް ހަމަޖެހިފައިވާ މެޑަލްތައް. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ މުބާރާތުގެ މެޑެލްތައް ރަސްމީކޮށް ދައްކާލައިފައެވެ. މި ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމުކުރާ ފަރާތް ކަމަށްވާ، ދަ ބެޑްމިންޓަން ކްލަބުގެ ފައުންޑަރު، ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގައި ފުރަތަމަ ދުވަހު ކުޅުނީ ޕެރަލިމްޕިކްސް އާއި ސްޕެޝަލް އޮލިމްޕިކްސްގެ އެތުލީޓުންގެ މެޗުތަކާއި، އޯޕަން ޑްރޯގެ އިވެންޓްގެ މެޗުތަކެވެ.