ENGLISH

26 ނޮވެމްބަރު 2024

ޖަޕާނުގައި ސައިކަލް ދުއްވަމުން ފޯނު ބޭނުންކޮށްފި ނަމަ ހަ މަހަށް ޖަލަށް

01 ނޮވެމްބަރު 2024

ސައިކަލް ނުވަތަ ބައިސްކަލް ދުއްވަމުން ޖަޕާނުގައި މޯބައިލް ފޯނުން ވާހަކަ ދައްކައިފި ނަމަ ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު ބޮޑު ޖޫރިމަނާއެއް ކުރާ ގޮތަށް ގާނޫނު ހަރުކަށި ކޮށްފި އެވެ.

މިއަދުން ފެށިގެން މި ގެންނަ ބަދަލާ އެކު ޖަލު އަދަބުގެ އިތުރުން 10،000 ޔެން (655 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ. 

ޖަޕާނުގައި 2021 ވަނަ އަހަރުން ފެށިގެން ދަނީ ސައިކަލް އެކްސިޑެންޓްތައް އިތުރުވަމުންނެވެ. ކޮވިޑުގެ ދުވަސްވަރުން ފެށިގެން، ޕަބްލިކް ޓްރާންސްޕޯޓުގެ ބަދަލުގައި ގިނަ މީހުން ވަނީ ސައިކަލްގައި ތަންތަނަށް ދަތުރު ކުރަން ފަށައިފަ އެވެ. 

ސައިކަލް ދުއްވަމުން ފޯނު ބޭނުން ކުރުމުގެ އިތުރުން މަސްތުގެ ހާލަތުގައި ދުއްވައިފި ނަމަ ތިން އަހަރާ ހަމައަށް ޖަލަށްލައި އަދި 50،000 ޔެން (3،278 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ. 

އާ ގާނޫނަށް މިއަދު އަމަލުކުރަން ފެށިތާ މާގިނައިރެއް ނުވެ އޮސާކާ ސިޓީން ވަނީ އާ ގަވާއިދާ ޚިލާފުވެގެން ފަސް މަައްސަލައެއް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭގައި މަސްތުވެފައި ތިބެގެން ސައިކަލް ދުއްވި ދެ ފިރިހެނެއްގެ މައްސަލަ ވެސް ހިމެނެ އެވެ. 

ޖަޕާނުގައި މިދިޔަ އަހަރު ވަނީ 72،000 އަށް ވުރެ ގިނަ ސައިކަލް އެކްސިޑެންޓް ރިޕޯޓްކޮށްފަ އެވެ. އެއީ ގައުމުގެ ޓްރެފިކް އެކްސިޑެންޓްތަކުގެ 20 ޕަސެންޓެވެ. 

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ ވަނީ މޯބައިލް ފޯނު ބޭނުންކުރަމުން ދުއްވަނިކޮށް، މަގު މަތީ އެކްސިޑެންޓުގެ ސީރިއަސް 17 މައްސަލައެއް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރޭން އެއް އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފަ އެވެ. އަދި 2018 އާއި 2022 އާ ދެމެދު ވަނީ ސައިކަލް ދުއްވަމުން ފޯނު ބޭނުންކުރަނިކޮށް 454 އެކްސިޑެންޓް ހިނގައިފަ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 50 ޕަސެންޓް އިތުރު އަދަދެކެވެ. 

ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުން ޖަޕާނުގައި މިދިޔަ އަހަރުން ފެށިގެން ވަނީ މަޖްބޫރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު