ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ، ތައިލެންޑް އާއި ކުވެއިތު އެއް ގްރޫޕަކަށް

08 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ ޒުވާން ޓީމު މީގެކުރީން ކުޅުނު މެޗެއްގެ ކުރީން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ދެހާސް ސައްބީސް ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ތައިލެންޑާއި ކުވެއިތު އާއެކު ރާއްޖޭން ގްރޫޕް އެފްގައި ލައްވާލައިފިއެވެ.

މެލޭޝިއާގައި ހުންނަ އޭއެފްސީ ހައުސްގައި އިއްޔެ ގުރުއަތުލުން ބާއްވާފައިވާއިރު، 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 38 ޓީމު ވަނީ ހަތް ގުރޫޕަކަށް ބަހާލާފައެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ ކޮލިފައިންގ މެޗުތައް އަންނަ ނޮވެންބަރު މަހުގެ 22 އިން 30 ގެ ނިޔަލަށް ކުރިއަށްދާނީ ތައިލެންޑްގެ ޗޮންބުރީ ގައެވެ.

ކޮލިފައިންގައި ރާއްޖެ އާއެކު މި ގްރޫޕުގައި ދެން ހިމެނެނީ؛ ތުރުކްމެނިސްތާނާއި މޮންގޯލިއާ އެވެ.

އޭޝިއާގެ 17 އަހަރުން ދަށުގެ އުމުރުފުރައިގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ މޮންގޯލިއާ އާ ދެކޮޅަށެވެ. އެއަށްފަހު، ނޮވެންބަރު 26 ގައި ތައިލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮލިފައިންގެ ފަހު މެޗުގައި އޭގެ ދެ ދުވަސް ފަހުން ނޮވެންބަރު 28 ގައި ބައްދަލުކުރާނީ ކުވެއިތާ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުމުގެ ކުރީން، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ސްރީ ލަންކާގައި އަންނަ ސެޕްޓެންބަރު މަހު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގައި ދެން އޮތީ އިންޑިއާ އާއި ޕާކިސްތާން އަދި ބޫޓާނެވެ.

ކިޔުންތެރިންގެ ހިޔާލު