ENGLISH

07 އޯގަސްޓު 2025

Advertisement

ސަރުކާރުން ފިއްލަދޫގައި ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

06 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

ފިއްލަދޫގައި ޤާއިމުކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ހުޅުވުމަށްފަހު ބޭއްވި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރާއްޖޭގެ ރަށްތަކުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހއ. ފިއްލަދޫގައި ޤާއިމުކުރި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ފިއްލަދޫ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. ވަޒީރު ރާފިޢު އާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަބްދުﷲ ނަސީރު އާއި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހިމް (ކައްޕި) ބައިވެރިވެވަޑައިގެންނެވިއެވެ.

ފިއްލަދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ، މި ސަރުކާރުން މަސައްކަތް ފަށައި، މިއަހަރުގެ ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާފައިވާ ވޮލީބޯޅަ ކޯޓެކެވެ. މި މަސައްކަތްކުރުމަށް މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ގާތްގަނޑަކަށް 1.06 މިލިއަން ރުފިޔާ އަށެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު