ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ބައިނަލްއަގުވާމީ ތިން މުބާރާތަކަށް ޓީޓީ ޤައުމީ ޓީމު އެކުލަވާލައިފި

06 އޯގަސްޓު 2025

|

މުޙައްމަދު އަދުހަމް

މިދިޔަ މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަން މުބާރާތުގެ ތެރެއިން. ފޮޓޯ: ޓީޓީއޭއެމް

އަށާވީސް ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޓީމް ޗެމްޕިއަންޝިޕާއި، ކުރިއަށް އޮތް ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް ރާއްޖޭގެ ޓީޓީ ޓީމު އެކުލަވާލައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން މިއަދު ވަނީ، މި ދެ މުބާރާތުގައި ވާދަކުރާ ސީނިއާ ކުޅުންތެރިން އިޢުލާންކޮށްފައެވެ. 

އެގޮތުން، ނުވަ ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ރާއްޖޭގެ ސީނިއާ އަންހެން ޓީމުގައި ހިމެނެނީ؛ ފާތިމަތު ދީމާ އަލީ، މިޝްކާ މުޙައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒް، މަލާކް ބިންތި މުޢިއްޒު، އައިޝަތު ޒާރާ ޝާހިލް އާއި އައިޝަތު ރަފާ ނާޒިމްގެ އިތުރުން ލައިސާ ފަތުހުﷲ އިސްމާއިލް އަދި މިންހާ މަހްޖޫބު ޝުޖާއު އެވެ.

ރާއްޖޭގެ ސީނިއާ ފިރިހެން ޓީމުގައި ހިމެނެނީ އަށް ކުޅުންތެރިންނެވެ. އެއީ، މޫސާ މުންސިފް އަހުމަދު، މުޙައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރު އަހުމަދު ޚާލިދު، ޒީކް ހަސަން ލަތީފް، މުޙައްމަދު ޒީސްތު ނަސީމްގެ އިތުރުން މުޙައްމަދު ޚަލަފް ރާފިޢު އާއި އައުން އިބްރާހިމް ލަތީފް އަދި އިބްރާހިމް އައުޒަމް އަޒީމް އެވެ.

މީގެއިތުރުން، ޓީޓީ އެސޯސިއޭޝަނުން ވަނީ، ކުރިއަށް އޮތް އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ސްކޮޑު ވެސް އިޢުލާންކޮށްފައެވެ. މިފަހަރުގެ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިންނަކީ؛ އަލްޔާން އަލީ ނިޝާމް، މުޙައްމަދު އައިދު ބިން ޝަރަފުއްސާދާތު، މުޙައްމަދު ޒާއިމް އަހުމަދު އާއި މުޙައްމަދު އާލް އިމްރާން އަދި މުޙައްމަދު ޚަލަފް ރާފިޢު އެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޓީމް ޗެމްޕިއަންޝިޕް އަންނަ އޮކްޓޫބަރު މަހު، އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ ނޮވެމްބަރު މަހު ސަޢޫދީ ޢަރަބިއްޔާ ގައެވެ. އަދި، އޭޝިއަން ޔޫތު ގޭމްސް އޮންނާނީ އޮކްޓޫބަރު މަހު ބަހްރެއިންގެ މަނާމާގައެވެ.

ކިޔުންތެރިންގެ ހިޔާލު