ENGLISH

04 ޖުލައި 2025

Advertisement

އިންޓަރއޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ އެމްޕީއެލް އާއި ވެމްކޯ

04 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން، އެމްޕީއެލް އިން ޓްރޮފީއާއެކު. ފޮޓޯ: ގާފް ސްޕޯޓްސް

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ހޭންޑްބޯލް މޯލްޑިވްސްގެ އެހީތެރިކަމާއެކު ވަން ގޭމް އިން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ އިންޓަރ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްޕީއެލް އާއި ވެމްކޯ އިން ހޯދައިފިއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޕީއެލް އިން ހޯދީ ފައިނަލްގައި ސީދާ ދެ ގޭމުން ވެމްކޯ ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ގޭމްގައި 22-16 އިން އެމްޕީއެލް ކުރިހޯދިއިރު، ދެވަނަ ގޭމުން އެ ޓީމު މޮޅުވީ 24-22 އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން، ވެމްކޯ ޓްރޮފީއާއެކު. ފޮޓޯ: ގާފް ސްޕޯޓްސް

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލްގައި ވެމްކޯ ވަނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ބަލިކޮށްފައެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމް 19-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވެމްކޯ އިން ކުރިހޯދިއިރު، ދެވަނަ ގޭމްގައި ސްޓެލްކޯ އިން ކުޅުން ރަނގަޅުކުރުމާއެކު ވެމްކޯ އަށް ކުރިހޯދުނީ 17-16 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު