ENGLISH

03 ޖުލައި 2025

Advertisement

ސްޕޯޓްސް މެޑިސިންއާ ގުޅޭގޮތުން ކުޅިވަރު ވަޒީރާއި އާސެނަލްގެ ޑޮކްޓަރު މަޝްވަރާކޮށްފި

02 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އާސެނަލްގެ ޑޮކްޓަރ ޒަފަރު އިޤްބާލް އާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

އިނގިރޭސިވިލާތުގެ އާސެނަލް ފުޓްބޯޅަ ކްލަބުގެ ޑޮކްޓަރ ޒަފަރު އިޤްބާލްއާ ބައްދަލުކުރައްވާ، ސްޕޯޓްސް މެޑިސިންގެ ދާއިރާއާ ގުޅޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރަފީޢު މިއަދު މަޝްވަރާކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި އާސެނަލްގެ ޑޮކްޓަރ ޒަފަރު އިޤްބާލް ވަނީ، އާސެނަލް އާއި ލިވަޕޫލްގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރ އާއި ކްރިސްޓަލް ޕެލަސްގައި މަސައްކަތްކުރިއިރުގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ.

އަދި، ކުޅިވަރުގެ އަނިޔާތަކުން ރައްކާތެރިވުމާއި، ރިހެބިލިޓޭޝަން މަރުހަލާގެ މަޢުލޫމާތު ހިއްސާކޮށް، އެ ދާއިރާއިން މީހުން ބިނާކޮށް، ތަރައްޤީ ކުރުމުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި އާސެނަލްގެ ޑޮކްޓަރު ވަނީ މަޝްވަރާކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން މި ދާއިރާގައި ކުރައްވާފައިވާ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ. ރާއްޖޭގެ ކުޅިވަރު ވަޒީރު ރާފިޢު އަކީ ވެސް ސްޕޯޓްސް މެޑިސިން ދާއިރާ އިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ. މީގެކުރީން، ވަޒީރު ވަނީ، ޤައުމީ ޓީމުގެ މެޑިކްގެ އިތުރުން ބައިނަލްއަގުވާމީ ގޭމްސްތަކުގައިވެސް ރާއްޖޭގެ އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޕާކިސްތާނަށް އުފަން، ޒަފަރު އިޤްބާލަކީ އާސެނަލްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިން އެންޑް ޕާފޯމަންސް އެވެ. ސްޕޯޓްސް މެޑިސިން ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ޒަފަރު އިޤްބާލް އެ މަގާމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު