ENGLISH
03 ޖުލައި 2025
ވީއޭއެމް ކަޕްގެ ތިންވަނަ މަގާމު ދަޑިމަގަށް
02 ޖުލައި 2025
|
މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނު ދަޑިމަގު ސްޕޯޓްސް. ފޮޓޯ: ވީއޭއެމް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ވީއޭއެމް ކަޕްގެ ބްރޯންޒް މެޑެލް ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ހުރާ ކޮމިއުނިޓީ ކްލަބާ ވާދަކޮށް ދަޑިމަގު މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު، ދަޑިމަގު ކާމިޔާބުކުރީ 25-20 އިންނެވެ.
އެހެންނަމަވެސް، ދެން ކުޅެވުނު ދެވަނަ ސެޓުގައި 25-10 އިން ކުރިހޯދައި، ވަރަށް ފަސޭހަކަމާއެކު ދަޑިމަގު ވަނީ ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓުގައި ދަޑިމަގުން ވަނީ 25-17 އިން ކުރިހޯދައިފައެވެ.
ބްރޯންޒް މެޑެލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ޓީމުގެ އަލީ ހުޒާމް އެވެ.