ENGLISH
01 ޖުލައި 2025
ޤައުމީ ލީގުން ޕޮލިސް ކްލަބު ޖާގަ ހޯދައިފި
30 ޖޫން 2025
|
މުބާރާތުގައި ވާދަކުރާ ޕޮލިސް ކްލަބް މެޗަކަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ވީއޭއެމް
މައިލޯ ވީއޭއެމް ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލް ބުރުގައި މިރޭ ކުޅުނު ކޮލިފިކޭޝަން މެޗުގައި ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށް، ޕޮލިސް ކްލަބު، ޤައުމީ ވޮލީ ލީގުން ޖާގަ ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ކްލަބް ސިޓީ ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބުކުރީ 25-21، 25-22 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ޗިރާގް އެވެ.
މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް އެޗްޑީސީ ބައްދަލުކުރާނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެވެ. ދެވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.