ENGLISH

01 ޖުލައި 2025

Advertisement

ދެކުނު ކޮރެއާ އަތުން ވެސް ޒުވާން ނެޓްބޯޅަ ޓީމަށް ބޮޑު މޮޅެއް

30 ޖޫން 2025

|

މުޙައްމަދު އަދުހަމް

ސަރަހައްދީ ނެޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމު. --ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

"އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި މުބާރާތް ބާއްވާ ޤައުމު، ދެކުނު ކޮރެއާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ.

އޭޝިއާ ބައްރުގެ 21 އަހަރުން ދަށުގެ އުމުރުފުރައިގެ ޤައުމުތަކުގެ މެދުގައި ދެކުނު ކޮރެއާގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ.

މި ޖޫން މަހުގެ 27 އިން ޖުލައި 5 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ދެކުނު ކޮރެއާ އަތުން ރާއްޖެ މޮޅުވީ 129-3 އިންނެވެ.

މި މުބާރާތުގައި ރާއްޖެ އަށް ދެން އޮތީ ގަދަފަދަ ޕާކިސްތާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކުޅޭނީ މާދަމާ ހެނދުނެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް 11 ޤައުމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ގަދަ ފަހެއްގައި ހިމެނޭ ޓީމުތަކަށް ޗެމްޕިއަންޝިޕުން ފުރުޞަތު ލިބޭނެ އެވެ.

އެންމެފަހުން އޭޝިއާ ބައްރުގެ ޖޫނިއާ ނެޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2023 ގައެވެ. އެ ފަހަރުގެ މުބާރާތް ދެކުނު ކޮރެއާގައި ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު