ENGLISH

01 ޖުލައި 2025

Advertisement

ވިއެޓްނާމްއާ ދެކޮޅަށް ކުޅެ ރާއްޖޭގެ ނަތީޖާ ރަނގަޅު ކޮށްފި

29 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރާއްޖެ އާއި ވިއެޓްނާމް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްސީ

ދެހާސް ސައްބީސް ވަނަ އަހަރު ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު މިއަދު ހަވީރު ކުޅުނު މެޗުގައި ވިއެޓްނާމް އަތުން 7-0 އިން ބަލިވެއްޖެއެވެ.

ވިއެޓްނާމްގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވިއެޓްނާމުން ވަނީ ހަ ލަނޑު ޖަހައިފައެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުން ރަނގަޅުކޮށް، ދެއްކި މޮޅު ޑިފެންސިވް ކުޅުމާ ގުޅިގެން ވިއެޓްނާމަށް ޖެހުނީ އެންމެ ގޯލެކެވެ.

ދުނިޔޭގެ އަންހެނުންގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އެއް ޤައުމު ކަމަށްވާ، ވިއެޓްނާމް މިވަގުތު އުޅެނީ ފީފާ ރޭންކިންގެ 37 ވަނައިގައެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ.

މި ދެ ޓީމު އެންމެ ފަހުން ކުޅުނީ 2022 ވަނަ އަހަރުގެ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައެވެ. އެ ފަހަރު ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 16-0 އިންނެވެ.

މި މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 5 ގެ ނިޔަލަށް ވިއެޓްނާމްގައި ކުރިއަށްދާ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް އީގެ މެޗުތަކުގައި ރާއްޖެ އާއި ވިއެޓްނާމްގެ އިތުރުން ދެން ވާދަކުރަނީ، ގުއާމް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

މި ގްރޫޕުގައި ހިމެނޭ ގުއާމްއާއި ޔޫއޭއީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ވިމެންސް އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ދެން ކުޅޭ މެޗުގައި އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހު ގުއާމްއާ ދެކޮޅަށް ނުކުތުމަށްފަހު، އޭގެ ތިން ދުވަސްފަހުން ބައްދަލުކުރާނީ ޔޫއޭއީ އާއެވެ.

ކިޔުންތެރިންގެ ހިޔާލު