ENGLISH

01 ޖުލައި 2025

Advertisement

ސަޢޫދީ އަރަބިއްޔާ އަތުން ވެސް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު މޮޅުވެއްޖެ

29 ޖޫން 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ނެޓްބޯޅަ ޓީމު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މިހާރު ކުރިއަށްދާ "އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި ކުޅުނު ތިންވަނަ މެޗުގައި ސަޢޫދީ ޢަރަބިއްޔާ އަތުން ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މި މުބާރާތުގައި މިހާތަނަށް ރާއްޖެ ކުޅުނު ތިން މެޗުން ވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ވަނީ ޖަޕާން ބަލިކޮށްފައެވެ.

މި މަހުގެ 27 އިން ޖުލައި 5 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ވަނީ 73-20 އިން ސަޢޫދީން އަތުން މޮޅުވެފައެވެ.

ރާއްޖެ އަށް ދެން އޮތީ މާދަމާ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ގަދަ ފަހެއްގައި ހިމެނޭ ޓީމުތަކަށް ޗެމްޕިއަންޝިޕުން ފުރުޞަތު ލިބޭނެ އެވެ.

އެންމެފަހުން އޭޝިއާ ބައްރުގެ ޖޫނިއާ ނެޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2023 ގައެވެ. އެ ފަހަރުގެ މުބާރާތް ދެކުނު ކޮރެއާގައި ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު