ENGLISH

01 ޖުލައި 2025

Advertisement

ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމުގެ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

28 ޖޫން 2025

|

މުޙައްމަދު އަދުހަމް

އޭޝިއަން ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ނެޓްބޯޅަ ޓީމު. ފޮޓޯ: ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

"އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

މި މަހުގެ 27 އިން ޖުލައި 5 ގެ ނިޔަލަށް ދެކުނު ކޮރެއާގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވަނީ، 51-26 އިން ޗައިނީސް ޓައިޕޭ ބަލިކޮށްފައެވެ.

މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ ޖަޕާން އަތުން މޮޅުވެފައެވެ. މި މެޗުން ރާއްޖެ މޮޅުވީ 59-32 އިންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް މުޅިއެކު 11 ޤައުމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ގަދަ ފަހެއްގައި ހިމެނޭ ޓީމުތަކަށް ޗެމްޕިއަންޝިޕުން ފުރުޞަތު ލިބޭނެ އެވެ.

ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމު ވަނީ، އެންމެ ފަހުން ހޮންގކޮންގުގައި ކުރިއަށްދިޔަ މުބާރާތަކުން ވެސް ތިންވަނަ މަގާމު ހާސިލްކޮށްފައެވެ.

އެންމެފަހުން އޭޝިއާ ބައްރުގެ ޖޫނިއާ ނެޓްބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2023 ގައެވެ. އެ ފަހަރުގެ މުބާރާތް ދެކުނު ކޮރެއާގައި ބޭއްވިއިރު، ޗެމްޕިއަންކަން ހޯދީ މެލޭޝިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު