ENGLISH

26 ޖޫން 2025

Advertisement

އިންޓަރ އާއި މޮންޓެރޭ ގަދަ 16 ގެ ބުރަށް

26 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރއާ ރިވާ ޕްލޭޓް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އީގެ މެޗުތަކަށްފަހު އިޓަލީގެ އިންޓަރ މިލާނާއި، މެކްސިކޯގެ މޮންޓެރޭ އިން އެ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.

އާޖެންޓީނާގެ ރިވާ ޕްލޭޓް އަތުން އިންޓަރ މޮޅުވީ 2-0 އިންނެވެ.

މި ނަތީޖާއާއެކު، އިންޓަރ އެއްވަނައިގައި އުޅެނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މޮންޓެރޭ ދެވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ރިވާ ޕްލޭޓަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އުޅޭ އުރާވާ ރެޑް ޑައިމަންޑްސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ސީޓްލްގެ ލުމެން ފީލްޑްގައި ކުޅުނު މެޗުގައި އިންޓަރ އިން ޖެހި ދެ ގޯލްވެސް ކާމިޔާބުކުރީ ފަހު 18 މިނެޓުގެ ތެރޭގައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ރިވާ ޕްލޭޓްގެ ލޫކަސް މާޓިނޭޒަށް ރަތް ކާޑު ދައްކާފައިވަނިކޮށް، އޭގެ ހަތް މިނެޓުފަހުން އިންޓަރ ވަނީ ލީޑު ނަގައިފައެވެ. އިންޓަރ އަށް މި ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ، ފްރާންސިސްކޯ އެސްޕޮސީޓޯ އެވެ.

އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އިންޓަރގެ ލީޑު ފުޅާކޮށްދިނީ އަލެސެންދްރޯ ބަސްޓޯނީ އެވެ. އޭނާ މި ލަނޑުޖެހިތާ ކުޑައިރުކޮޅެއްގެތެރޭގައި، ރިވާ ޕްލޭޓްގެ ގޮންޒާލޯ މޮންޝިއެލް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޖަޕާންގެ އުރާވާ ރެޑް ޑައިމަންޑްސްގެ މައްޗަށް މޮންޓެރޭ ކުރިހޯދީ 4-0 އިންނެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުގައި އިންޓަރ ބައްދަލުކުރާނީ ބްރެޒިލްގެ ފްލުމިނެންސޭއާ އެވެ. މޮންޓެރޭ ނިކުންނާނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު