ENGLISH

01 ޖުލައި 2025

Advertisement

"9 ބޯލް އެސޯސިއޭޝަން ކަޕް" ގެ ޗެމްޕިއަންކަން ފަޔާޒް ހޯދައިފި

24 ޖޫން 2025

|

މުޙައްމަދު އަދުހަމް

"9 ބޯލް އެސޯސިއޭޝަން ކަޕް" ގެ ޓްރޮފީ ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި "9 ބޯލް އެސޯސިއޭޝަން ކަޕް 2025" ގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ފަޔާޒް ހޯދީ ފައިނަލުގައި އިސްމާއިލް ސުވައިދު ބަލިކޮށްގެންނެވެ.

ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ވާދަވެރި ކުޅުމަކަށްފަހު، 6-6 އިން ދެ ކުޅުންތެރިން އެއްވަރުވެފައިވަނިކޮށް، ފަޔާޒް ކުރިހޯދީ 9-6 ފްރޭމުންނެވެ.

މުބާރާތުގެ ފައިނަލަށް ފަޔާޒް ދަތުރުކުރީ، ސެމީ ފައިނަލްގައި އިބްރާހިމް އާފީ 7-5 ފްރޭމުން ބަލިކޮށްގެންނެވެ. ސެމީގެ އަނެއް މެޗުގައި ސުވައިދު ވަނީ 7-6 ފްރޭމުން އިސްމާއިލް ޖީހާން ބަލިކޮށްފައެވެ.

މިއީ މި އަހަރު ތެރޭގައި ފަޔާޒް ކާމިޔާބުކުރި ތިންވަނަ މުބާރާތެވެ. އޭނާ ވަނީ، އެމްޕީބީއޭ 10 ބޯލް ޗެމްޕިއަންޝިޕްގެ އިތުރުން 8 ބޯލް އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު