ENGLISH

03 ޖުލައި 2025

Advertisement

ޕީއެސްޖީ އާއި ބޮޓަފޯގޯ ނޮކްއައުޓް ބުރަށް، އެތުލެޓިކޯ ކަޓައިފި

24 ޖޫން 2025

|

މުޙައްމަދު އަދުހަމް

ޕީޢެސްޖީއާ ސީޓްލް ސައުންޑާސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

މިހާރު އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު ފްރާންސްގެ ޕީއެސްޖީ އާއި ބްރެޒިލްގެ ބޮޓަފޯގޯ ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ނޮކްއައުޓް ބުރުގައި ޕީއެސްޖީ ބައްދަލުކުރާނީ އިންޓަރ މިއާމީއާ އެވެ. ބޮޓަފޯގޯ ނުކުންނާނީ ބްރެޒިލްގެ އެހެން ކްލަބެއް ކަމަށްވާ، ޕަލްމެއިރާސްއާ ދެކޮޅަށެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާގެ ސީޓްލް ސައުންޑާސް އަތުން ޕީއެސްޖީ މޮޅުވީ 2-0 އިންނެވެ. އެތުލެޓިކޯ އަތުން ބޮޓަފޯގޯ ބަލިވީ 1-0 އިންނެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީގެ އެއްވަނަ މަގާމު ލިބުނީ ޕީއެސްޖީ އަށެވެ. މި ގްރޫޕުގައި ހިމެނޭ ޕީއެސްޖީގެ އިތުރުން ދެވަނައިގައި އޮތް ބޮޓަފޯގޯ އާއި ތިންވަނަ އަށް ދިޔަ އެތުލެޓިކޯ އަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ޕީއެސްޖީ އާއި ބޮޓަފޯގޯ ނޮކްއައުޓް ބުރަށް ދަތުރުކުރީ ލަނޑުގެ ތަފާތުންނެވެ. ފުލުގައި އޮތް ސިޓްލް ސައުންޑާސް އަށް ޕޮއިންޓެއް ނުލިބެއެވެ.

ސީޓްލްގެ ލުމެން ފީލްޑްގައި ކުޅުނު މެޗުގައި ޕީއެސްޖީން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފައެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު، 35 ވަނަ މިނެޓުގައި ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ކާމިޔާބުކޮށްދިނީ ވިޓީނިއާ ދިން ބޯޅައަކުންނެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ޕީއެސްޖީގެ ލީޑު ފުޅާކޮށްދިނީ ބްރެޑްލީ ބާކޯލާ ދިން ބޯޅައެއްގެ އެހީގައި މޮރޮކޯގެ ޑިފެންޑަރު، އަޝްރަފް ހަކީމީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ ބޮޓަފޯގޯ އަތުން އެތުލެޓިކޯ މޮޅުވިއިރު، އެ ޓީމަށް ލަނޑު ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ކިޔުންތެރިންގެ ހިޔާލު