ENGLISH

01 ޖުލައި 2025

Advertisement

ނޮކްއައުޓް ބުރުގައި މެސީގެ އިންޓަރ މިއާމީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް

24 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރ މިއާމީއާ ޕަލްމެއިރާސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ކުޅުނު މެޗުތަކަށް ފަހު ނޮކްއައުޓް ބުރުގައި އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަރ މިއާމީއާ ފްރާންސްގެ ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެއެވެ.

މިއާމީއާ ޕަލްމެއިރާސް ބައްދަލުކުރި މެޗު 2-2 އިން ވަނީ އެއްވަރުވެފައެވެ.

މިއާއެކު، ބްރެޒިލްގެ ޕަލްމެއިރާސް އާއި އިންޓަރ މިއާމީ ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ޕޯޗުގަލްގެ ޕޯޓޯ ވަނީ އެ މުބާރާތުން ކަޓައިފައެވެ.

މި ނަތީޖާއާއެކު، ޕަލްމެއިރާސް އަށް އެއްވަނަ ލިބުނީ ފައިދާގޯލްގެ ތަފާތުންނެވެ. ދެ ޓީމުން ވެސް ނިންމާލީ ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްގެންނެވެ. ތިންވަނައިގައި އުޅޭ ޕޯޓޯ އާއި ފުލުގައި އޮތް އަލް އަހްލީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިތާ 16 ވަނަ މިނެޓުގައި މިއާމީން ލީޑު ނެގީ ޓަޑެއޯ އަލެންޑޭގެ ގޯލުންނެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި މިއާމީގެ ދެވަނަ ލަނޑު ޖަހައިދިނީ، އެ ޓީމަށް ފުރަތަމަ ގޯލްޖަހައިދޭން އެހީތެރިވެދިން ތަޖުރިބާކާރު ފޯވާޑް، ލުއިސް ސުއަރޭޒް އެވެ.

ޕަލްމެއިރާސްގެ ފުރަތަމަ ލަނޑު، 80 ވަނަ މިނެޓުގައި ޕައުލީނޯ ކާމިޔާބުކޮށްދިންއިރު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް އެއްވަރުކޮށްދިނީ މައުރީސިއޯ އެވެ.

މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި މިސްރުގެ އަލް އަހްލީއާ ދެކޮޅަށް ޕޯޓޯ ކުޅުނު މެޗު ނިމުނީ ވެސް 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު