ENGLISH

23 ޖޫން 2025

Advertisement

ބަލިވުމުގެ ޒިންމާ ނަގައި، ޤައުމީ ޓީމުގެ ކޯޗުކަމުން ސުޒައިން އިސްތިއުފާ ދީފި

10 ޖޫން 2025

|

އިސްމާއީލް ރާތިއު

ޓީމޫ ލެސްޓޭ މެޗަށް ފަހު ސުޒައިން، މީޑިއާ އާ ވާހަކަދައްކަނީ-- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ތަޖުރިބާކާރު ކޯޗު، ޢަލީ ސުޒައިން އިސްތިއުފާ ދީފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖެ ގަޑިން މިއަދު ހެނދުނު 11:30 ގައި ދިވެހި ޤައުމީ ޓީމާއި ޓިމޯ ލެސްޓޭ ބައްދަލުކޮށް ރާއްޖެ ބަލިވި މެޗަށްފަހު މީޑިއާ އާ ވާހަކަދައްކަމުން ސުޒައިން ބުނީ، މިއަދުގެ ނަތީޖާއަކީ ޚުދު އޭނާއަށް ވެސް ގަބޫލުކުރެވޭ ނަތީޖާއެއް ނޫން ކަމަށާއި، އިތުރު ކޯޗަކަށް ފުރުސަތު ދިނުމުގެ ގޮތުން ޤައުމީ ޓީމުގެ ކޯޗުކަމުން ދުރަށްޖެހޭ ކަމަށެވެ. 

ސުޒައިން ބުނީ ޓިމޯ ލެސްޓޭ ދެއްކި ކުޅުމުން އެއްވެސް އެއްޗެއް އުނިކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ދިވެހި ޓީމު ކުޅުނު ވަރަށްވުރެ މާ މޮޅަށް ކުޅެވެން ޖެހޭނެ ކަމަށެވެ. އަދި ޓީމުގެ ކުޅުމުގެ ޒިންމާ ނަގަންޖެހޭނީ އޭނާ އަމިއްލައަށް ކަމަށް ސުޒައިން ބުންޏެވެ. 

ސުޒައިން ވަނީ މި މެޗުގައި ރާއްޖެއިން ދެއްކި ކުޅުމަށާއި، މެޗުގެ ނަތީޖާއަށް ދިވެހި ފުޓުބޯޅަ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ.

ޓިމޯ ލެސްޓޭ އަތުން ރާއްޖެ 1-0 އިން ބަލިވިއިރު، މި މެޗަށް ތައްޔާރުވުމަށް ސިންގަޕޫރު ޤައުމީ ޓީމާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ވެސް ރާއްޖެ ވަނީ 3-1 އިން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު