ENGLISH
05 ޖުލައި 2025
ރައީސްގެ ބަސްފުޅުން ލިބުނީ އުފަލާއި ހިތްވަރު، މަހުލޫފްގެ ޝުކުރު
08 ޖޫން 2025
|
ކުރީގެ މިނިސްޓަރު މަހްލޫފް އަދި ރައީސް މުޢިއްޒު
ދަރިކަނބަލުން ލައިބާ އަހްމަދު މަޙްލޫފް, ދިވެހިރާއްޖެ އަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވި ކަމީ ލައިބާ އަށް އާއިލާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްވަރެއް ކަމަށް ލައިބާގެ ބައްޕަ, ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އަރމޭނިއަން ޔޫތު އޯޕަންގެ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ އަހުމަދު މަޚްލޫފް ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
މި މުބާރާތުގައި ލައިބާ ވަނީ ތިން ރަން މެޑަލް ޙާޞިލްކޮށްފަ އެވެ. އޭނާގެ ކާމިޔާބީ އަށް ރައީސް ވަނީ ސާބަހާއި މަރްޙަބާ ދަންނަވައިފަ އެވެ. ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ޖޫނިއަރ އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.
"އަޅުގަނޑު އެދެނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް. އަދި ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް،" ރައީސް ވިދާޅުވިއެވެ.
އެކަން ފާހަގަ ކުރައްވާ މަހްލޫފް ވިދާޅުވީ ބައިނަލްއަޤުވާމީ މުބާރާތްތަކާއި އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ "އަރުތަ" ޕްރޮގްރާމުގައި ހިމަނުއްވާ ދެއްވި ކަމަށްޓަކައި ރައީސް މުޢިއްޒު އާއި ކުޅިވަރާއިބެހޭ ވަޒީރު ރާފިއު އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަަމަށެވެ.
"...اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތް ކުރާނަން," ލައިބާގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާކޮށް އޭނާގެ ބައްޕަ, މަހްލޫފް ވިދާޅުވި އެވެ.
ލައިބާ އަކީ ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގައި ހިމެނޭ އެތުލީޓެކެވެ. "އަރުތަ" ޕްރޮގްރާމަކީ، ދިވެހި ކުޅިވަރުގެ އާ ޖީލެއް ބިނާކުރުމާއި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިން ފައިތިލަ ސާބިތުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.