ENGLISH

04 ޖޫން 2025

Advertisement

ކުޅިވަރުގެ ދާއިރާއިން ލަންކާއާއެކު އޮތް ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

18 މޭ 2025

|

ޢަލީ ޝަހީމް

ވަޒީރު ރާފިއު ސްރީ ލަންކާގެ ކުޅިވަރު ވަޒީރާ މަޝްވަރާކުރައްވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ސްރީ ލަންކާގެ ކުޅިވަރު ވަޒީރާ ބައްދަލުކުރައްވައި، ދެގައުުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ފުރުސަތުތަކާއި ގުޅޭގޮތުން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިއު އިއްޔެ މަޝްވަރާކުރައްވައިފިއެވެ. 

ބައްދަލުވުން އޮތީ އިއްޔެ ކުޅިވަރު ވުޒާރާގައެވެ. އެ ބައްދަލުވުމުގައި ލަންކާގެ ކުޅިވަރު ވަޒީރު މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތުު އެފެއާޒް، ސުނިލް ކުމާރަ ގަމަގެ އަދި ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެކްޓިން ކޮމިޝަނަރ ތިމުތާ ސަންޖިކާ ޑިސަނަޔަކެ ބައިވެރިވަޑައިގެންނެވިއެވެ. 

ބައްދަލުވުމުގައި ވަނީ ކުޅިވަރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، އެތުލީޓުންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި، ޓީމް ޓްރެއިނިންތަކުގެ އިތުރުން ކުޅިވަރުގެ ކުރިއެރުވުމަށް އިތުރުކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

ލަންކާގެ ކުޅިވަރު ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ހުކުރު ދުވަހު މާލޭގައި ބޭއްވި ސްރީ ލަންކަން ސްޕޯޓްސް ފެސްޓިވަލްގައި ވަޒީރު ރާފިއު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ސްޕޯޓްސް ފެސްޓިވަލް އިންތިޒާމުކުރީ މާލެ ސަރަހައްދުގައި ދިރިއުޅޭ ލަންކާގެ ރައްޔިތުންނަށެވެ. 

ކިޔުންތެރިންގެ ހިޔާލު