ENGLISH
18 މޭ 2025
ބީޑަބްލިއުއެފް ޖޫނިއާ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރަނީ
17 މޭ 2025
|
މީގެކުރީން ބޭއްވި އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތެއްގެ ތެރެއިން. --ފޮޓޯ: ބީއޭއެމް
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ކަލަންޑަރު މުބާރާތެއްގައި ވާދަކުރުމަށް ރާއްޖޭގެ ޖޫނިއާ ޕޫލްގައި ހިމެނޭ ތިން އުމުރުފުރައިގެ ކުޅުންތެރިން ވާދަކުރަން ހަމަޖެހިއްޖެއެވެ.
މި މަހުގެ 20 އިން 25 އަށް ތައިލެންޑްގައި ބާއްވާ ބީއޭޓީ ޔޮނެކްސް ޕަތުމްތާނީ ޖޫނިއާ އިންޓަރނޭޝަނަލް މުބާރާތުގައި ރާއްޖޭން ވާދަކުރުމަށް ހަމަޖެހިފައިވަނީ، އުމުރުން 13، 15 އާއި 17 އަހަރުން ދަށުގެ އުމުރުފުރައިންނެވެ.
ތައިލެންޑްގެ ޕަތުމްތާނީގައި ހުންނަ ސްޕިރިޓް ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގައި މި ތިން އުމުރުފުރައިން ރާއްޖޭގެ 13 ކުޅުންތެރިއަކު ވާދަކުރާނެ އެވެ. މި މުބާރާތުގައި ރާއްޖޭގެ ޖޫނިއާ ޕޫލްގައި ހިމެނޭ ކުޅުންތެރިން ވާދަކުރާނީ ސިންގަލްސް، ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް ކެޓަގަރީގައެވެ.
މި މުބާރާތުގައި އޭޝިއާގެ އެންމެ މަތީ ލެވެލްގައި ރޭންކްކޮށްފައިވާ ޖޫނިއާ ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ބެޑްމިންޓަންގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޤައުމުތަކުން ބައިވެރިވާނެ އެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން މާދަމާ ފުރާނެއެވެ.