ENGLISH

17 މޭ 2025

Advertisement

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

16 މޭ 2025

|

މުޙައްމަދު އަދުހަމް

ރާއްޖެއާ އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ސާފް

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ އިންޑިއާ އަތުން 3-0 އިން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.

މި މެޗުން ހޯދީ މޮޅާއެކު އިންޑިއާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. އެ ޓީމުން މުޅި މުބާރާތުގައި މިހާތަނަށް 15 ލަނޑުޖެހިއިރު، ބައިކޮޅަށް ލަނޑެއް ވަދެފައެއްނުވެއެވެ. މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިގެން އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް އިންޑިއާ އެވެ.

އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގެ ގޯލްޑެން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން އިންޑިއާ އިން ޑޮމިނޭޓްކުރިއިރު، 14 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ޑެނީ މެޓޭއީ ފޮނުވާލި ހިތްގައިމު ގޯލަކުން ލީޑު ނެގިއެވެ.

އޭގެ ހަތް މިނެޓުފަހުން، އިންޑިއާގެ ދެވަނަ ލަނޑުޖަހައިދިނީ އޮމަންގ ޑޮޑުމް އެވެ. މި ގޯލާއެކު އެ ޓީމުން ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 66 ވަނަ މިނެޓުގައި އިންޑިއާ އިން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ރާއްޖޭގެ ގޯލްކީޕަރު، ޒަހްރާން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ޕްރަޝާން ޖާޖޯ ކާމިޔާބުކުރި ގޯލެކެވެ.

އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލުގައި އިންޑިއާ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ ޓީމުން ވަނީ މިއަދު ކުޅުނު ފުރަތަމަ ސެމީގައި ނޭޕާލް އަތުން 2-1 އިން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު