ENGLISH
18 މޭ 2025
ހޮންގކޮންގު ބަލިކޮށް، ރާއްޖެ އަށް މުބާރާތުން ހަތްވަނަ
15 މޭ 2025
|
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް
އޮމާންގައި ކުރިއަށްދިޔަ "އޭޝިއަން ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ގެ ރޭންކިންގ ބުރުގައި ދިވެހިރާއްޖޭން ކުޅުނު ދެވަނަ މެޗުގައި ހޮންގކޮންގު ބަލިކޮށް، އެ މުބާރާތުގެ ހަތްވަނަ މަގާމު ހާސިލްކޮށްފިއެވެ.
އޮމާންގެ ވެރިރަށް މަސްކަޓްގައި މި މަހުގެ 6 އިން 16 އަށް ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގެ ރޭންކިންގ ބުރުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ސަޢޫދީ ޢަރަބިއްޔާ އަތުން ބަލިވީ 2-0 އިންނެވެ.
މުބާރާތުގައި މިރޭ ކުޅުނު ރޭންކިންގ މެޗުގައި ރާއްޖޭން ވަނީ ފަހަތުންއަރައި، 2-1 އިން ހޮންގކޮންގު ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ގޭމްގައި 22-14 އިން ހޮންގކޮންގު ކުރިހޯދިއިރު، ދެވަނަ ގޭމުގައި 21-17 އިން ކާމިޔާބުކޮށް، ޝޫޓްއައުޓްގައި ރާއްޖެ މޮޅުވީ 9-8 އިންނެވެ.
މިއީ ރާއްޖޭން ސަރަހައްދީ ބީޗް ހޭންޑްބޯލް މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ވަނީ އުއްމީދީ ކުޅުމެއް ދައްކާފައެވެ. އެގޮތުން، ރާއްޖޭން ވަނީ މުބާރާތުގެ ގަދަ އަށެއްގައި ހިމެނި، ކުއާޓާ ފައިނަލުގައި ކުޅެފައެވެ.