ENGLISH
18 މޭ 2025
ބޮލޯނިއާއަށް ބައިގަރުނަށްފަހު ބޮޑު މުބާރާތެއްގެ ޓްރޮފީއެއް
15 މޭ 2025
|
ބޮލޯނިއާ އިން އިޓާލިއަން ކަޕްގެ ޓްރޮފީއާއެކު. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ކަޕްގެ ފައިނަލުގައި އޭސީ މިލާން 1-0 އިން ބަލިކޮށް، ބޮލޯނިއާ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ 1974 ވަނަ އަހަރުގެ ފަހުން ބޮލޯނިއާ އިން ބޮޑު މުބާރާތެއްގެ ހޯދީ ފުރަތަމަ ޓްރޮފީ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ބޮލޯނިއާ އަށް ކާމިޔާބުކޮށްދިނީ ޑޭން އެންޑޮޔޭ އެވެ.
މެޗުގައި މިލާންގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ބޮލޯނިއާގެ ގޯލްކީޕަރު، ލޫކަސް ސްކޮރުޕްސްކީ ވަނީ ހުއްޓުވައިފައެވެ.
މިއީ ބޮލޯނިއާގެ ކޯޗު، ވިންޗެންޒޯ އިޓާލިއާނޯގެ ކެރިއަރުގެ ފުރަތަމަ ޓްރޮފީ އެވެ. އަދި، މިއީ 2008 ވަނަ އަހަރުގެ ފަހުން ޔުވެންޓަސް، އިންޓަރ މިލާން، ނަޕޯލީ އާއި ލާޒިއޯ ނޫން އެހެން ކްލަބަކަށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.