ENGLISH

15 މޭ 2025

Advertisement

ޑްރޭޕަރ ބަލިކޮށް، އަލްކަރާޒް ސެމީ އަށް

14 މޭ 2025

|

މުޙައްމަދު އަދުހަމް

މެޗު ކާމިޔާބުކުރުމަށްފަހު އަލްކަރާޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން މާސްޓާސް މުބާރާތުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ ޖެކް ޑްރޭޕަރ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިވަގުތު އޭޓީޕީ ރޭންކިންގެ ފަސްވަނައިގައި އުޅޭ ޑްރޭޕަރއާ ދެކޮޅަށް ކުޅުނު މެޗުން ދުނިޔޭގެ ތިންވަނަ މަގާމުގައި އޮތް އަލްކަރާޒް މޮޅުވީ ސީދާ ދެ ސެޓުންނެވެ.

ގާތްގަނޑަކަށް އެއްގަޑިއިރާއި 38 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް އަލްކަރާޒް ކާމިޔާބުކުރީ 6-4، 6-4 އިންނެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި އަލްކަރާޒް ވަނީ، މެޗު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ސަބަބަކަށްވީ، މުޅި މެޗުގައި އެއް ރިދަމްއެއްގައި ކުޅެ، ޑްރޭޕަރ އަށް ޑޮމިނޭޓްކުރުމުގެ ފުރުޞަތު ނުދިނުން ކަމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރާ އަލްކަރާޒް ނިކުންނާނީ އިޓަލީގެ ލޮރެންޒޯ މުސެޓީއާ ޖަރުމަންގެ އެލެގްޒެންޑާ ޒްވަރޭވް ކުޅެގެން މޮޅުވާ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު