ENGLISH

18 މޭ 2025

Advertisement

ވިނީޝިއުސް އާއި ވަޒްކޭޒަށް އަނިޔާވެ، ރެއާލްގެ ހާލަތު ގޯހުން ގޯހަށް

13 މޭ 2025

|

މުޙައްމަދު އަދުހަމް

ވިނީޝިއުސް (ވ) އާއި ވަޒްކޭޒް. --ފޮޓޯ: ގެޓީ އިމޭޖަސް

ވިނީޝިއުސް ޖޫނިއާ އާއި ލޫކަސް ވަޒްކޭޒަށް އަށް އަނިޔާވެ، ލީގުގައި ބާކީހުރި މެޗުތަކުގައި އެ ކުޅުންތެރިންނަށް ނުކުޅެވިދާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

މި ދެ ކުޅުންތެރިންނަށް ވެސް އަނިޔާވެފައިވަނީ، ލީގުގައި އެންމެ ފަހުން ވާދަވެރި ބާސެލޯނާ އަތުން 4-3 އިން ރެއާލް ބަލިވި މެޗުގައެވެ.

ރެއާލުން ބުނީ، ވިނީޝިއުސް އަށް ކުރިމަތިވެފައިވަނީ ކުޑަހުޅުގެ އަނިޔާއެއް ކަމަށާއި، ވަޒްކޭޒްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ.

ރެއާލުން މި ދެ ކުޅުންތެރިންގެ އަނިޔާއާ ގުޅޭގޮތުން އިތުރު ތަފްޞީލެއް ދީފައިނުވާއިރު، ކުޅުމަށް އެނބުރިއަންނާނެ މުއްދަތެއްވެސް ބަޔާން ކޮށްފައެއް ނުވެއެވެ.

މި ފަހަރުގެ ސީޒަނުގައި ރެއާލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މިވަގުތު އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ މުހިއްމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. އޭގެތެރޭގައި، ޑަނީ ކާވަހާލް، އެންޓޯނިއޯ ރުޑިގާ، ފާލެންޑް މެންޑީ އާއި އެޑާ މިލިޓާއޯގެ އިތުރުން ޑޭވިޑް އަލަބާ ހިމެނެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، ބާސެލޯނާ އެއްވަނައިގައި އުޅެނީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ރެއާލް އޮތީ 75 ޕޮއިންޓާއެކު އެވެ. މި ދެ ޓީމުގެ މެދުގައި ހަތް ޕޮއިންޓްގެ ފަރަގެއް އޮތްއިރު، ބާކީ އޮތް ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެން ބާސެލޯނާ އަށް ލީގު ކަށަވަރުވާނެ އެވެ.

ރެއާލަށް ލީގުގައި ދެން އޮތީ މިރޭ މަޔޯކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު