ENGLISH

09 މޭ 2025

Advertisement

އެކުއަކަލްޗަރ ކުރުމުގެ ޤަވާޢިދަށް އިސްލާހު ގެނެސް ޢާއްމުކޮށްފި

19 އޭޕްރީލު 2025

|

ޢަލީ ޝަހީމް

އެކުއަކަލްޗަރ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު R-75/2020) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ. 

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ އިސްލާހާއެކު އެކުއަކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. 

އެ ވުޒާރާއިން ގަވާއިދު ގެޒެޓްކުރިއިރު، 8 އިސްލާހެއް ވަނީ ގެނެސްފައެވެ. އޭގެތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް އިސްލާހަކީ ޖަދުވަލު 7 ގަވާއިދަށް އިތުރުކުރުމެވެ. އެގޮތުން ޖަދުވަލު 7 ގައި ހިމަނާފައިވަނީ އެކުއަކަލްޗަރކުރުމުގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރުމާ ގުޅޭ އުސޫލުތަކެވެ. 

ޖަދުވަލުގައި، ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ކުއްޔަށް ދިނުމުގައި ބިޑް ހުށަހެޅުމަށް އަމަލުކުރާނެ ގޮތްތަށް ވަނީ ހިމަނައިފައެވެ. އެގޮތުން ބިޑް ނުވަތަ ޕްރޮޕޯޒަލުގައި ހިމަނަންވާނެ ބައިތަކާއި ބިޑު ނުވަތަ ޕްރޮޕޯޒަލް އިވެލުއޭޓްކުރާ ކޮމިޓީއެއް އުފެއްދުމާއި ޕްރޮޕޯޒަލް އިވެލުއޭޓްކުރުމާއި އެވޯޑްކުރާނެ ގޮތްތަކުގެ ތަފްސީލް ވަނީ ގެނެސްދީފައެވެ. 

އެހެނިހެން އިސްލާހުތަކަށް ބަލާއިރު، އެކުއަކަލްޗަރ ކުރުމުގެ މަސައްކަތަށް ސަރަހައްދެއް ކުއްޔަށް ދޫކުރަންވާނީ، ކުއްޔަށް ހިފައިފަރާތާއި މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި، އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ކުއްޔަށް ހިފުމާއި، ކުއްޔަށް ދޫކޮށްފައިވާ ތަނުގެ މުއްދަތު އިތުރުކުރުމާއި، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ތަފްސީލުތައް ވެސް ވަނީ ހިމަނައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު