ENGLISH
20 އޭޕްރީލު 2025
ރައީސް މުޢިއްޒު އެކުރައްވާފަދަ އިޚްލާސްތެރި ބުރަ މަސައްކަތެއް ކުރި އެއްވެސް ވެރިއެއް މިޤައުމު ނުދެކޭ: މަމްދޫހް
19 އޭޕްރީލު 2025
|
ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) -- ފޮޓޯ: މަޖިލިސް
ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިޤައުމާއި މިޤައުމުގެ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އެކުރައްވާފަދަ، އިޚްލާސްތެރި ބުރަ މަސައްކަތެއް ކުރި، އަދި ކުރެވުނު، އެއްވެސް ވެރިއެއް މިޤައުމު ނުދެކޭކަމަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.
މަމްދޫހް މިފަދައިން ވިދާޅުވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އުފައްދަފައިވާ ޕާޓީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ރައީސް މުޢިއްޒަށް ފާޑު ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ދެއްކެވި ވާހަކައާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލު ދެއްކެވި ވާހަކައާއި ގުޅިގެން މަމްދޫހް ވިދާޅުވީ، ޖަމީލުމެން މިވެއްޓޭހާ، ދަށު ދަރަޖައަށް އާންމުކޮށް މީހާ ވެއްޓޭނީ ހަމަ ރީތިކޮށްވެސް، ހޭބުއްދި ފިލާދިޔައިމަކަމަށެވެ. އަދި މިއީ ދިވެހިން މިޤައުމުން އަދި މިޤައުމުގެ ސިޔާސީ މައިދާނުން ދުވަހަކުވެސް ދެކެން ބޭނުންވާ އަދި އަޑުއަހަން ބެނުންވާ ކަހަލަ އަޑުތަކެއްނޫންކަމަށެވެ.
"މިއީ އެއަށްވުރެ، މާދަށުދަރަޖައިގެ، ހަޑި، ހުތުރު، ގޮތްކުޑަ، ‘ޖާހިލު’ ވާހަކަތަކެއް. ދޮގު ހެދުމާއި ފަސާދައާއި އޮޅުވާލުން ނޫން ކަމެއް ކުރަން ޖަމީލުމެންނަށް ނޭނގެނީއޭ ހަމަ.،" މަމްދޫހް ވިދާޅުވިއެވެ.
މަމްދޫހް ވިދާޅުވީ، ޤަބޫލު ކުރަން އުނދަގޫވިޔަސް، ޤަބޫލުކުރަން ބޭނުން ނުވިޔަސް، ރައީސް މުޢިއްޒަކީ ދިވެހިންގެ ފުރިހަމަ ތާއީދާއި ލޯތްބާއެކު 2023 ވަނަ އަހަރު ދިވެހިން އިންތިހާބުކުރި ރައީސެއް ކަމަށެވެ. އަދި ޖަމީލުމެންވެސް ތިބެގެން، ހުރިހާ ދިމާލަކުން ފުނޑުފުނޑުކޮށް ފޫދުއްވާލާ ފުނޑާލި، މިޤައުމުގެ އެތައްކަމެއް، ރަޢީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ހަމަމަގަށް އަޅުއްވާ، އިސްލާހުކުރައްވަމުން ގެންދަވާކަމީ، މިއަދުގެ ޙަޤީޤަތްކަމަށް މަމްދޫހް ވިދާޅުވިއެވެ.
"ދިވެހީން މާކުރީން ޔަޤީންކޮށްފި، ދިވެހީން ބޭނުންވާ ތަރައްޤީ ރައީސް މުޢިއްޒު، އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ތެރޭގައި ގެނެސްދެއްވާނެކަން. ދިވެހީން މާކުރީން ގަބޫލުކޮށްފި، ރިޔާސީ 4 އިންތިހާބު ބާއްވައިފިއްޔާ ޖަމީލުމެން ކަހަލަ މީހުންގެ 5 ގޮތަށް ވާހަކަ ދައްކާ 5 އަނގައޮންނަކަންވެސް." މަމްދޫހް ވިދާޅުވިއެވެ.
މަމްދޫހް ވިދާޅުވީ ދިވެހިން ބޭނުންވި ތަރައްގީ ދިވެހިންނަށް ރައީސް މުޢިއްޒު ގެނެސްދެއްވާނެކަން އެނގުމުން އިދިކޮޅު ފަރާތްތައް އެކަމާ ބިރުން އުޅުއްވާކަމަށެވެ.