ENGLISH
19 އޭޕްރީލު 2025
ފުރާޅު މައްޗަށް ވެއްޓުނު މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
19 އޭޕްރީލު 2025
|
އައިޖީއެމްއެޗް
މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުރާޅު މައްޗަށް ވެއްޓި އަނިޔާވީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނު އެވެ.
ސަރުކާރުގެ މަައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.
އެ އަންހެން މީހާ ވެއްޓެން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނީ ކިހާ އުސް މިނަކުންްކަން ވެސް ސާފެއް ނުވެ އެވެ.
އެ މީހާ ފުރާޅުމަތީ ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. ފުލުހުން ވަނީ އެފަދަ ފޮޓޯތައް ދައުރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
އަދި ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.