ENGLISH

26 އޭޕްރީލު 2025

Advertisement

ވާދަވެރި ކުޅުމަކަށްފަހު ޕޮލިހުން ދެވަނަ މޮޅު ހޯދައިފި

12 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕޮލިހާއި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކުލަބު ކުޅުނު ދެވަނަ މެޗުން ވާދަވެރި ކުޅުމަކަށްފަހު މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބު ވަނީ 23- އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ.

ފޮލިހުން މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު 25-15 އިން ކާމިޔާބުކޮށްފައިވަނިކޮށް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ.

އެއަށްފަހު، ދެން ކުޅުނު ސެޓުން އަނެއްކާވެސް ޕޮލިހުން ފަސޭހަކަމާއެކު ކުރިހޯދިއެވެ. އެ ޓީމުން ތިންވަނަ ސެޓު ކާމިޔާބުކުރީ 25-12 އިންނެވެ. ނަމަވެސް، ދެން ޖެހިގެންއައި ސެޓުން ވަރަށް ވާދަވެރި ކުޅުމަކަށްފަހު 28-26 އިން ކުރިހޯދައި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ނަތީޖާ ހަމަހަމަކުރިއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓުގައި ވަރަށް ގާތުން ވާދަކުރުމަށްފަހު ޕޮލިހުން ކާމިޔާބުކުރީ 15-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާ އެވެ. ދެވަނަ މެޗުގައި މިރޭ އަސްދިގަ ސްޕޯޓްސް ކުލަބު ނިކުންނާނީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު