ENGLISH

04 ޖުލައި 2026

Advertisement

މާލެއާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުވާ 6 މީހަކު ހައްޔަރުކޮށްފި

04 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން

މާލެއާއި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް ރޭވުމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މާލެއާއި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސަކާއި، އެ ސަރަހައްދު ފުލުހުން ބަލައިފާސްކުރިއެވެ. 

އެ ސަރަހައްދު ބަލައިފާސްކޮށް ފުލުހުން ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ  ދެ ފިރިހެނުންނާއި، 23 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 34 އަހަރުގެ ފިރިހެނެކާއި، 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިންނެވެ. 

އެމީހުން ހައްޔަރުކުރުމަށްފަހު މުއްތަހަމުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. 

ހައްޔަރުކުރި ހަ މީހުންގެ ތެރެއިން ދެ މީހަކު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަންކުރުމަށް ކޯޓުން އަމުރުކުރިއެވެ. 

ފުލުހުން ބުނީ މި މައްސަލައަކީ އެ ޚިދުމަތުން މިހާރުވެސް ތަހުގީގުކުރަމުންދާ މައްސަލައެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު