ENGLISH

26 ނޮވެމްބަރު 2024

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

13 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ސެކްޓޯރަލް ސިމްޕޯޒިއަމްގެ ތެރެއިން. ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

"ސެކްޓޯރަލް ސިމްޕޯޒިއަމް" ގެ ނަމުގައި ހަފްތާ 52 ގެ ކާމިޔާބީތައް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ އެ ވުޒާރާއާ ބެހޭ ދާއިރާތަކާއެކު އަމިއްލައަށް މަސައްކަތްކުރައްވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވުނު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ ފާއިތުވި އަހަރުގެ ތެރޭގައި އެ ވުޒާރާއިން އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން އަންހެންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި އެ މަސައްކަތްތަކުން ހާސިލުވި ނަތީޖާ ހިއްސާކޮށް، އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން އެވުޒާރާއިން 2025 ވަނަ އަހަރު ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވޯކްޕްލޭނެއް ތައްޔާރުކުރުމެވެ.

ސެކްޓޯރަލް ސިމްޕޯޒިއަމްގެ ތެރެއިން. ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު އިސްރަށްވެހިންގެ ނާދީގައެވެ.

ކިޔުންތެރިންގެ ހިޔާލު