ENGLISH
26 ނޮވެމްބަރު 2024
އުުތުރު ކޮރެއާގެ ސިފައިން ރަޝީޔާއިން އަނބުރާ ގެންދިއުމަށް އެމެރިކާއިން ގޮވާލައިފި
31 އޮކްޓޯބަރު 2024
އުތުރު ކޮރެއާގެ ސިފައިންތަކެއް / ފޮޓޯ: ގެޓީ އިމޭޖަސް
އެންމެ މަޤްބޫލު
އުތުރު ކޮރެއާއިން ރަޝިޔާއަށް ފޮނުވާފައިވާ 10,000 ސިފައިން އަނބުރާ ގެންދިއުމަށް އެމެރިކާ އަދި ދެކުނު ކޮރެއާގެ ޑިފެންސް ޗީފުން ބުދަ ދުވަހު ގޮވާލައްވައިފި އެވެ.
ޔޫކްރެއިންއާ އެކު ހަނގުރާމަކުރަމުންދާ ރަޝިޔާ އާއި އުތުރު ކޮރެއާ އިން ސިޔާސީ އަދި އަސްކަރީ އިއްތިހާދު އިތުރަށް ވަރުގަދަކޮށްފައިވާ އިރު, ކިއޭވްގެ ސިފައިންނާ ދެކޮޅަށް ޕިއޮންގްޔަންގެ ސިފައިން ފޮނުވުމަކީ ބައިނަލްއަގްވާމީ ކަންބޮޑުވުންތަކެއް އުފެދިފައިވާ ބޮޑު މައްސަލައެކެވެ.
"ރަޝިޔާއިން ސިފައިން އަނބުރާ ގެންދިއުމަށް ގޮވާލަން،" ޕެންޓަގަންގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވިއެވެ.
އޮސްޓިން ވިދާޅުވީ އެމެރިކާއިން އެކުވެރި ގައުމުތަކާ ގުޅިގެން އުތުރު ކޮރެއާގެ ސިފައިންގެ ބޭނުންނުކުރުމަށް ރަޝިޔާއަށް ވިސްނައިދިނުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
ނަމަވެސް މޮސްކޯއިން އުތުރު ކޮރެއާގެ ސިފައިންގެ ބޭނުން ހިފާނެކަމަށް ބެލެވޭކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވިއެވެ. އެގޮތުން, އުތުރު ކޮރެއާގެ ސިފައިން ރަޝިޔާ ސިފައިންގެ ޔުނިފޯމް އަޅުވައިގެން ހަނގުރާމައަށް ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަރުޖަމާނަކު މެދުވެރިކޮށް ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ޑިފެންސް ސެކްރެޓަރީ ކިމް ޔޮންގް-ހޫން ވިދާޅުވީ އުތުރު ކޮރެއާގެ ސިފައިން ރަޝިޔާއަށް ފޮނުވުމުން ޕެނިންސުލާގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެއީ ޕިއޮންގްޔަންގް އިން ހަތިޔާރު ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ރަޝިޔާއިން ޓެކްނޮލޮޖީ ޓްރާންސްފާ ކުރުމަށް އެދުމުގެ "ބޮޑު ފުރުސަތު" އޮތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޔޫކްރޭން ހިމެނޭ ގޮތަށް އެކްޓިވް ކޮންފްލިކްޓް ޒޯންތަކަށް ހަތިޔާރު ވިއްކުން މަނާކުރާ ސޯލްގެ ދިގު މުއްދަތަކަށް އޮތް ސިޔާސަތަށް ބަދަލެއް ގެންނަން އޭނާ އިއުލާނެއް ނުކުރެ އެވެ.