ENGLISH

26 ނޮވެމްބަރު 2024

ބަދަލު ހިފުމާއި ސިޔާސީ ކުށްވެރިން ޖަލަށްލުމުގެ ޒަމާން ނިމުމަކަށް ގެނެސްފިން: ރައީސް

10 ނޮވެމްބަރު 2024

|

އެމް އެމް

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ބަދަލު ހިފުމާއި ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ ޒަމާން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރު ގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ވާހަކަ ދައްކަވަމުންނެވެ.

"އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެެއްސެއްވިޔަސް ކޮންމެ މީހެއްވިޔަސް ސިޔާސީ މީހެއް ވިއްޔާ ދުރައްލާ އެއްކައިރިކުރުމުގެ ޒަމާން އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މިވެރިކަން ފެށުނު ދުވަހުން ފެށިގެން ވަނީ ނެތިގެން ގޮސްފަ." ރައީސް ވިދާޅުވިއެވެ.

އަދި ކުރިން ސަރުކާރުތަކުން ސިޔާސީގޮތުން ގެންގުޅެމުން އައި ބަދަލު ހިފުމުގެ ރޫހު މިހާރު ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި ވަގުތުން ފެށިގެން ޖުޑިޝަރީއަތް ނުފޫޒު ފޯރުވުން ވެސް ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ބަސްފުޅު މިރޭގެ ޖަލްސާގައިވެސް ތަކުރާރުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު