ENGLISH
13 މޭ 2026
ސައުދީ ސަފީރު، ވަޒީރު ހީނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
13 މޭ 2026
|
ސައުދީ ސަފީރު ވަޒީރު ހީނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން --
އެންމެ މަޤްބޫލު
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔަޙްޔާ ބިން ޙަސަން އަލްޤަޙްޠާނީ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ އަރިހަށް، ސައުދީއަރަބިއްޔާގެ ސަފީރު ކުރެއްވި މި ޒިޔާރަތުގައި ސަގާފަތާއި ތަރިކައާ ގުޅޭ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ފަންނާ ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެ އެވެ.
މީގެ އިތުރުން ސައުދީ ސަފީރު ވަނީ ރާއްޖެ އާއި އެ ޤައުމާއި ދެމެދު އޮންނަ ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.