ENGLISH

26 ނޮވެމްބަރު 2024

އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލްގެ ކޮމިޓީ މަސައްކަތް ފަށަނީ

10 ނޮވެމްބަރު 2024

|

އެމް އެމް

އިޒްރޭލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށް ގޮވާލައި މުޒާހަރާ ކުރަނީ. --ފޮޓޯ:އެމްވީ+

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ 241 ކޮމިޓީގެ އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ދެކޮޅަށް ރާއްޖޭން އަޅާ ފިޔަވަޅެއްގެ ގޮތުން އިޒްރޭލު މީހުން ރާއްޖެ އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން މި ސަރުކާރުން ނިންމިކަން އިއުލާންކުރީ މި އަހަރުގެ ޖޫން މަހު އެވެ. އެއީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ކެބިނެޓުން ނިންމުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދުނިޔޭގެ އެއް ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު