ENGLISH
07 އޭޕްރީލު 2025
ސޮސިއެޑާޑް އަތުން ހޯދި ބޮޑު މޮޅާއެކު ބާސާ އަލުން އެއްވަނަ އަށް
03 މާރިޗު 2025
|
ބާސެލޯނާއާ ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑް 4-0 އިން ބަލިކޮށް، ބާސެލޯނާ އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ރޭ ކުޅުނު މެޗުން ހޯދި މި މޮޅާއެކު، ބާސެލޯނާ ވަނީ 26 މެޗުން 57 ޕޮއިންޓް ހަމަކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ހޯދި މޮޅާއެކު، ކުރިން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް މިހާރު އޮތީ ދެވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 54 ޕޮއިންޓެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހައިފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު، ސޮސިއެޑާޑްގެ ޑިފެންޑަރު، އަރިޓްޒް އެލުސްޓޮންޑޯ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އެ ޓީމު ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ލަނޑުތައް ޖަހައިދިނީ ޖެރާޑް މާޓިން، މާކް ކަސާޑޯ، ރޮނާލްޑް އަރައުހޯ އާއި ރޮބަޓް ލެވަންޑޯސްކީ އެވެ.